ރާއްޖެއިން ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަ ކުރި އަދަދު ތިން ލައްކައަށް

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 300،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 476...

24 Aug 2021 | 17:28

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 300،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 476 މީހަކު ޖަހާފައިވެ އެވެ. މިއާއި އެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 300،064 އަށް އަރާފަ އެވެ.

އިއްޔެ މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުން ދެވަނަ ޑޯޖު ޖަހާފައިވަނީ 261 މީހުންނެވެ. އަތޮޅުތެރޭގެ ވެކްސިން ސެންޓަރުތަކުން ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވަނީ 215 މީހުންނެވެ.

އެދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 3،53 މީހުންނެވެ. އޭގެ ތެރެއިން 1،662 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް 2،191 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

ބުރާސްފަތި ދުވަހު ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 376،630 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް