އިތުރު ކެޓަގަރީއަކަށް ފައިޒަރ ވެކްސިން ޖަހަނީ، މިފަހަރު 60 އަހަރުން މަތީގެ މީހުންނަށް

އިތުރު ކެތަގަރީއަކަށް ފައިޒަރ ވެކްސިން ޖަހަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އިދާރާ އިން ބުނީ ކޮވިޑުގެ އެއްވެސް ވެކްސިނެއް މިހައިތަނަށް ނުޖަހާ ތިބި އު...

24 Aug 2021 | 16:13

އިތުރު ކެތަގަރީއަކަށް ފައިޒަރ ވެކްސިން ޖަހަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ކޮވިޑުގެ އެއްވެސް ވެކްސިނެއް މިހައިތަނަށް ނުޖަހާ ތިބި އުމުރުން 60 އަހަރުންމަތީގެ މީހުންނަށް ވެކްސިން ޖަހަން ނިންމާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕްއިންޓްމަންޓް ހެދުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

60 އަހަރުން މަރީގެ މީހުންނަށް ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާ އިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނާއި މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ވެސް އަންނަނީ މި ވެކްސިން ޖަހަމުން ނެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒަރ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ވެސް ފައިޒަރ ވެކްސިން ޖަހައިދެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ އެމެރިކާއިން ލިބިފައިވާ 128،600 ޑޯޒްގެ ފައިޒަރ ވެކްސިނާއި ސިނޯފާމް އަދި އެސްޓްރަޒެނެކާ ވެކްސިނެވެ.

ރާއްޖޭގައި ވެކްސިން ޖެހުމަށް ހަމަ ޖައްސާފައިވާ އާބާދީގެ 80 އިންސައްތަ މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، ފައިޒަރ ވެކްސިން ޖަހަމުން ގެންދާ މީހުންގެ ތެރެއިން ސްކޫލު ކުދިންގެ 50 އިންސައްތައަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ.

ސަރުކާރުން ހާމަކުރައްވާފައިވަނީ ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަންޖެހޭ މުޅި އާބާދީއަށް ވާވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ވީއެންމެއަވަހަކަށް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް