ރާއްޖެ އާއި ޗައިނާއާ ދެމެދު ތފާޓު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ވޭންގް ލީޝިން ވިދާޅުވެއްޖެ އެވެ.
އެކަމަނާ ރާއްޖެ ވަޑައިގެންފަ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެކަމަކު އަދި ރަސްމީކޮށް ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމުގެ ރަސްމިއްޔާތު ނުބާއްވަ އެވެ.
އޭނާ ރާއްޖެ ވަޑައިގެންނެވިކަން ޓުވިޓާ މެދުވެރިކޮށް ހާމަ ކުރެއްވީ އާދިއްތަ ދުވަހު އެވެ.
ލީޝިން މިއަދު ކުރެއްވި ޓުވީޓެއްގައި ރާއްޖެއިން އެކަމަނާ އަށް ކީ ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވައި ވިދާޅުވީ ޗައިނާއިން ރާއްޖެއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.
https://twitter.com/China_Amb_Mdv/status/1430098240355987460
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގަ އެވެ. ޖަންގް ރާއްޖެއިން ވަޑައިގެންނެވީ އޭނާގެ ސަފީރު ކަމުގެ މުއްދަތު ހަމަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް