ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ބައިވެރިއާގެ ފަރާތުން ބޭނުންވާ ހަޤީޤީ ލޯބި ނުލިބުމުގެ ޝަކުވާއެވެ. ކޮންމެ މީހަކަށްވެސް ލޯތްބެއް ހޯދުމަކީ ނިކަން ފަސޭހަ ކަމެކެވެ. ނަމަވެސް ބޭނުންވާ ހަޤީޤީ ލޯތްބެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ހީކުރާވަރަށް ވުރެ ބުރަ ބޮޑު ކަމެކެވެ. ފަސޭހައިން ވާނެ ކަމެއް ނޫނެވެ.
ކޮންމެ ބަޔަކުވެސް ކައިވެނީ ކޮށްގެން ހަޔާތެއް ފަށަނީ ދުނިޔެ އުމުރު އެކުގައި ހޭދަކުރުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ ބޮޑެތި ޚަރަދުތައް ކޮށްގެން ކުރާ ކައިވެނިތައް ރޫޅިގެން ދަނީ މަދެއްކޮށެއް ނޫނެވެ. އެހެން ކަމުން މިގޮތައް އެތައް އަހަރުތަކެއް ލޯބިން އުޅެ އެކަކު އަނެކަކަށް ވަކިން ނޫޅެވޭ ހިސާބުން ކުރާ ކައިވެނި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިގެން ދަނީ ކީއްވެތޯ ބަލާލަމާ ހިގާށެވެ.
ބައެއް ދިރާސާ ހޯދުންތަކުން ދައްކާ ގޮތުގައި ގިނަ ފަހަރު މިހެން ދިމާވަނީ ދެމީހުން ރަނގަޅަށް ދަސް ނުވުމުގެ ސަބަބުން އުފެދޭ ޚިޔާލު ތަފާތުވުން ތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ކިތެންމެ ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅި މާ ފޮޅުވާ އެތަކެއް ހުވަފެންތަކެއް ދުއްނަމަވެސް އެކަކު އަނެކަކުގެ ހަގީގަތް ދެނެގަތުމަކީ ނުވާނޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
މިކަމާއި ގުޅޭ ގޮތުން ތަޖުރިބާކާރުން ކޮށްފައިވާ ބައެއް ދިރާސާތަކުން ބުނާ ގޮތުން އަންހެނަކު ފިރިހެނަކު ދެކެ ލޯބިވާނަމަ ފިރިހެން މީހާ އަންހެން މީހާ ދެކެ ލޯބިވޭތޯ ބެލޭނެ ގޮތްތަކެއް ހުރެއެވެ. އެއީ-
1- ބައިވެރިޔާ ތިބާއާމެދު ފަރުވާތެރިވެ ތިބާގެ ވާހަކަތަކަށް ސަމާލުކަން ދޭތޯ ބެލުމެވެ. އޭގެެ މާނައަކީ ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ކުރުމެއް ނޫނެވެ. އެކަމަކު ރަނގަޅު ވަގުތާ ނުބައި ވަގުތުގައި ވެސް އޭނާ ތިބާގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހައި ތިބާގެ ފަރާތުން ވަކާލާތު ކުރާނެއެވެ. ހަމައެއާއެކު ތިބާއަށް އަށް ކަމޭހިތުމާއެކު ގަދަރުކުރާނެއެވެ. އަދި ތިބާގެ މަސައްކަތްތަކަށް ތައުރީފުކޮށް ހިތްވަރު ދޭނެއެވެ.
2 - ބައިވެރިޔާ އަކީހިތްހެޔޮ މީހެއްކަމުގައި ވާނެއެވެ. ފިރިހެނަކު އަންހެނަކު ދެކެ ލޯބިވާނަމަ ހިތްހެޔޮވުމާއެކު ކޮންމެ ހާލަތެއްގައިވެސް ތެދުބަހުން ވާހަކަ ދައްކާނެއެވެ.
3 - އަތުގާ ހިފާލައިގެން ނުވަތަ ކޮނޑަށް ވެއްޓިގަނެގެން އުޅުމަކީ ބައިވެރިޔާ ބޭނުންވާ ގޮތްކަމަށް ވެދާނެއެވެ. އެއަކު މައްސަލައެއް ނެތެވެ. އެއީ ބައެއް ރަނގަޅު މީހުންގެ ވެސް ސްޓައިލަކަށް ވެދާނެއެވެ.
4 - ތިބާގެ ރައްޓެހި ނުވަތަ ތިބާ ބޭނުންވާ މީހަކާ ވާހަކަ ނުދައްކަން ބުނުމާއި ތިބާގެ ޝައުގުވެރިވާ ރަނގަޅުކަންކަން ހުއްޓުވަން ބާރު އަޅާމީހަކާށް ބައިވެރިޔާ ވާނަމަ ދުވަހަކުވެސް އެ މައްސަލައަކަށް ނިމުމެއް ނާންނާނެއެވެ. އަދި ތިބާގެ އާއިލާއާއެކު ވަގުތުތައް ހޭދަކުރުމުގެ ޝައުގުވެރިކަން ހުރި މީހަކަށް އޭނާ ވާން ޖެހޭނެއެވެ. އެހެން ނޫންކަމަށް ވާނަ އެއީ ރަނގަޅު ބައިވެރިއަކަށް ނުވާނެއެވެ.
5 - ތިބާ އަކީ ބައިވެރިއާއަށް ޚާއްސަ މީހެއްކަމަށް ދެކޭނެއެވެ. އަދި މުސްތަގްބަލާމެދު ވާހަކަ ދައްކާ ޚިޔާލު ބަދަލުކުރާނެއެވެ. ތިބާގެ އަސްލު މީހާއަކީ އެއީ ކަމަށް ވާނަމަ އެކަމާމެދު ގިނައިން ވާހަކަ ދެކެވޭނެއެވެ. ކޮންމެ މަރުހަލާއެއްގައިވެސް އަޚްލާގީ އިމުގެ ތެރެއިން ބޭރުވުމަށް ހިތްވަރު ދޭ މީހަކަށް އޭނާ ނުވާނެއެވެ.
6 - އެންމެ މުހިންމު އެންމެ ފުރަތަމަ ބަލަން ޖެހޭ ނުކުތާއަކީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނިއިރު، ތިބާގެ އިތްފަތްތެރިކަމަށް އަރައުގަނެފައިވޭތޯއެވެ. އަނތްބެއްގެ ގޮތުގައި ހޭދަކުރާ ފުރަތަމަ ރޭ ތިބާގެ ފަރާތުން ފިރިމީހާއަށް ދެވޭނެ ހަމައެކަނި ހަދިޔާއަކީ މިބުނާ ތިބާގެ އިއްފަތް ތެރިކަމެވެ. އެ ހަދިޔާ، ވަގުތުގެ ކުރިން ދެވިފައިވާނަމަ ތިޔަ ގުޅުމަކީ ތާހިރު ގުޅުމެއް ނޫނެވެ. ދިރިއުޅުން އެހިސާބުން އެވަނީ ފެއިލްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް