ހަމަ ޔަގީނުންވެސް ރައީސް އިސްލާމް ދީން ހިޔާމަތް ކުރައްވާ، އިސްލާމް ދީން ދެމެހެއްޓުމަށް ހުރިހާ މަސައްކަތެއް ކުރައްވާނެ: އިކްރާމް

ރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހަމަ ޔަގީނުންވެސް އިސްލާމް ދީން ހިމާޔަތް ކުރައްވާ ގައުމުގައި އިސްލާމް ދީން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ރައްޔިތުންގެ މަޖިލީ...

24 Aug 2021 | 12:00

ރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހަމަ ޔަގީނުންވެސް އިސްލާމް ދީން ހިމާޔަތް ކުރައްވާ ގައުމުގައި އިސްލާމް ދީން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިއަދު މިހެން ވިދާޅުވީ ހިިސާން ބިލަށް މިއަދު ހުށަހެޅިގެންދިޔަ އިސްލާހާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި އިސްލާހުގައި ބުނަނީ މުވާސަލާތީ ވަސީލަތް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީދުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަކުރުން މަނާކޮށް މިއީ ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާކަމަށެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހަ ޕަބްލިކް ސްޕީޗެއްގަ ވިދާޅުވެފައި އެބަަވޭ އަށް ފަހަރެއްގެ މަތިން މި ގައުމުގަ އޮންނާނީ އިސްލާމްދީންކަން އަދި އެ ނޫން ދީނަކަށް ޖާގަ ނުދެއްވާނެކަން" އިކްރާމް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން އިކްރާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ދީނަކީ އިސްލާމްދީންކަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކުރާކަމަށާއި ދީނަށް ދެރަވާނޭކަހަލަ އެއްވެސް ވާހަކައެއް އެއްވެސް ބޭފުޅަކު ދެެއްކުން ގަބޫލުފުޅުނުކުރެއްވޭނެ ކަމަށެވެ. އަދި އިސްލާމް ދީނަކީ ރާއްޖޭގެ ހުރިހާ ދިވެހިންވެސް އެ ދީނަކަށް އިހުތިރާމުކުރާ އެ ދީނެއްގެ މަތީގައި ދެމިތިބެން ބޭނުންވާ ދީނެއް ކަމުގައިވެސް އިކްރާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް