ޅައިމަގުގައި ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް

ށ. ޅައިމަގުގައި ކުޑަކުއްޖަކަށް ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ފުލުހުން މީޑިއާގައި ...

24 Aug 2021 | 11:26

ށ. ޅައިމަގުގައި ކުޑަކުއްޖަކަށް ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ފުލުހުން މީޑިއާގައި ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ. މީޑިއާ އޮފީޝަލް ވިދާޅުވީ އެ މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރް "ދުވަސް" އަށް ވިދާޅުވީ އެ ކުއްޖާ ރަހީނު ކުރި ހާދިސާ ހިނގާފައިވަނީ މިމަހު 22 ވީ އާދިއްތަަ ދުވަހުގެ ރޭ ކަމަށެވެ. އެ ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރާނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކަމަށް އަޒްމީރް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ފުލުހުންނާއި ޖެންޑާއަށް ހުށަހެޅި ކުއްޖާގެ އާއިލާއިންނެވެ. ޅައިމަގަކީ އެ ކުއްޖާގެ މަންމަގެ ރަށެވެ.

އެ ރަށުން މައުލޫމާތު ހިއްސާ ކުރި މީހަކު ބުނީ އެ ކުއްޖާ ރަހީނު ކުރުމަށް ފަހު ހަތަރެސްފައި ބަނދެ، އަނގަމަތީގައި ޓޭޕު އެޅުމަށް ފަހު އެއްލާލާފައި އޮތީ ދިރާގު އެންޓަނާ ބިއްދޮށަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށްވެސްވެ އެވެ.

ކުޑަކުދިންނަށް މިފަދަ އަނިޔާ ދިނުމަކީ ވަރަށް ސީރިއަސްކޮށް ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގު ކުރާ މައްސަލަތަކެވެ. ފުލުހުން ބުނީ މި މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ޖޫން މަހު ވަނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލާފާ އެވެ އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުދުގެ ކަރުތާ ފެނުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް