ހުޅުމާލެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަނީ

އަލަށް މީހުން އާބާދުވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ 240 ހެ...

24 Aug 2021 | 10:00

އަލަށް މީހުން އާބާދުވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ 240 ހެކްޓަރުގެ ބިމުން، ސަރަހައްދުތަކެއް ވިއްކުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެކަމަކު ބިން ވިއްކަން ހުޅުވާލާނެ ވަކި ތާރީޚެއް އަދި ހާމަ ނުކުރެއެވެ.

އެޗްޑީސީ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ މިފަހަރު ބިން ވިއްކުމަށް ހުޅުވާލާއިރު މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހުންނަށް ފުރުސަތެއް ނޯންނާނެއެވެ. އަދި ބިން ވިއްކާނީ އަލަށް ހުޅުމާލޭން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިން މީގެކުރިން ވެސް ބިން ވިއްކާފައިވެއެވެ. އެއީ ހުޅުމާލެ އެންމެ އިރުމަތީގައި އޮންނަ ގޮނޑުދޮށާއި ކައިރި ސަރަހައްދުންނެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކާ ހަމައަށް ވަދެވޭ ގޮތަށް އެ ސަރަހައްދު މިހާރު ވަނީ ހުޅުވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް