އަންނަ އަހަރު [2022]ގެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްގެ ގޮތުގައި 184 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 2022 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފޮނުވާއިރު، މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓް ކަނޑައެޅުމަކީ މަޖިލީހުގެ އާންމު ކޮމިޓީގެ ޒިންމާއެވެ.
ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވުމަށްޓަކައި، ދައުލަތުގެ އެކި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކާއި، ފިނޭންސް މިނިސްޓްރީން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
މި އަހަރަށް [2021ށް] ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34،787،720،151 ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް