މީހުން މާގިން ކިޔާތި ކިއަރާއަށް ޕްލާސްޓިކް ސާޖަރީ ހެދުނުހެން ގާތްގަނޑަކަށް ގަބޫލު ކުރެވިއްޖެ!

ބޮލީވުޑްގެ ބަތަލާ ކިއަރާ އަދްވާނީ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ ދައުރު ކުރި ފޮޓޯ ފެނުމުން އޭނާއަށްވެސް އަމިއްލައަށް އެހެން ހީވި ކަމަށް ބުނެފި އެވެ. ޓޯކް ޝޯއެއްގައި މެހެމާނެއްގެ ގޮތުން ބައިވ...

24 Aug 2021 | 08:22

ބޮލީވުޑްގެ ބަތަލާ ކިއަރާ އަދްވާނީ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ ދައުރު ކުރި ފޮޓޯ ފެނުމުން އޭނާއަށްވެސް އަމިއްލައަށް އެހެން ހީވި ކަމަށް ބުނެފި އެވެ.

ޓޯކް ޝޯއެއްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެ ކިއަރާ އާއި މި ފަހުން ދިމާޥި ކަންކަމާއި ގުުޅޭގޮތުން ޕްރެޒެންޓަރާއި އެކު ދެކެވުނު ވާހަކައިގަ ކިއަރާ ބުނީ އޭނާ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ އިންޓަނެޓްގައި ދައުރުކުރި ފޮޓޯއަކީ އޭނާ ބައިވެރިވި ހަފްލާއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. ކިއަރާ ބުނީ އާންމުކޮށް އޭނާ އަކީ ސޯޝަލް މީޑިއާގައި މީހުން ކިޔާ އެއްޗިއްސަށް މާބޮޑު ސަމާލުކަމެއް ދޭ މީހެއް ނޫން ކަމަށެވެ.

އެކަމަކު އެއް ދުވަސް، ދެ ދުވަސް ވީއިރުވެސް އެ ވާހަކަ ނުހުއްޓުމުން އެ ފޮޓޯ ބަލާލީ ކަމަށެވެ. ކިއަރާ ބުނީ އެޑިޓް ކޮށްފައިވަ އެ ފޮޓޯ އާއި މީހުން ފާޅުކޮށްފައިވާ ހިޔާލުތައް ފެނުމުން އަމިއްލައަށް ޕްލާސްޓިކް ސާޖަރީ ހެދުކަހަލަ އިހުސާސް ގާތްގަނޑަކަށް ކުރެވުނު ކަމަށެވެ.

ކިއަރާއަށް ގަބޫލު ކުރެވުނީ އޭނާއަށް މޫނަށް ބަދަލުތަކެއް ގެންނަން އޮޕަރޭޝަނެއް ކުރެވިފަ ހުރި ކަމަށެވެ. އެކަމަކު އޭނާ ވަނީ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައި އެވެ. އަދި ބުނެފައިވަނީ އޭނާ އަކީވެސް އެހެން މީހުން ފަދަ އިންސާނެއް ކަމަށާއި، އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އުނދަގޫ އިހުސާސްތަކެއް ކުރެވި ދެރަވި ކަމަށެވެ.

ކިއަރާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބޫލް ބުލެއިޔާ 2" އަދި ފިލްމު "ޖަގް ޖަގް ޖިޔޯ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް