ފޭސްބުކްގައި ނަޝީދަށް އިންޒާރުދިން މީހާގެ ބަންދަށް 15 ދުވަސް

ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލައިގަ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ...

24 Aug 2021 | 06:37

ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލައިގަ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ރ. އުނގޫފާރު މެޖިސްޓްރޭޓު ކޯޓުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޝީދަށް އިންޒާރުުދިން މައްސަލައިގަ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އެ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. ކޯޓުން އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނީ މިއަދު އެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރީ ރ. މީދޫއިންނެވެ.

އެމީހާ ފޭސްބުކް ވީޑިއޯ ޕޯސްޓެއްގައި ނަޝީދަށް އިންޒާރުދީ ބުނެފައި ވަނީ، ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގެންފި ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނެ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް