ހިލޭ ބައިސްކަލެއް ލިބޭ ޕްރޮމޯޝަނަކާއެކު އެމްޑަބްލިއުއެސްސީ އިން ރޯޑު ޝޯވއެއް ފަށައިފި

އެމްޑަބްލިއުއެސްސީ އިން ރޯޑު ޝޯވއެއް ފަށައިފި އެވެ. އެ ކުންފުނިން އިއްޔެ ފެށި މި ރޯޑު ޝޯވއަކީ މިއަދުގެ ނިޔަލަށް ކުރިއަށްދާ ރޯޑު ޝޯވއެކެވެ. މި ރޯޑު ޝޯވގެ މަގުސަދަކީ އެމްޑަބްލިޔުއެސްސީ ގެ ކަސްޓަމަރުންނަ...

24 Aug 2021 | 05:43

އެމްޑަބްލިއުއެސްސީ އިން ރޯޑު ޝޯވއެއް ފަށައިފި އެވެ.

އެ ކުންފުނިން އިއްޔެ ފެށި މި ރޯޑު ޝޯވއަކީ މިއަދުގެ ނިޔަލަށް ކުރިއަށްދާ ރޯޑު ޝޯވއެކެވެ.

މި ރޯޑު ޝޯވގެ މަގުސަދަކީ އެމްޑަބްލިޔުއެސްސީ ގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ކަސްޓަމަރ ރިލޭޝަން ރަނގަޅުކުރުން ކަމަށް ބުނެ އެވެ.

މިގޮތުން ބިލުތަކާއި ގުޅިގެންނާއި އެ ކުންފުނީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ފެން ބިލްޑިންގުގައި މި ރޯޑު ޝޯވ ކުރިއަށް ދާނީ ހަވީރު 3 ޖަހަންދެން ނެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުން ގުރުއަތުން ހޮވޭ ފަރާތަކަށް "މިޔުރާ ޑޮމެކްސް ޕީ 3100" އެއްލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

https://twitter.com/MWSC_Official/status/1429709054754975745

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް