ކޯވިޑް-19: ފިޔަވަޅުތައް އުވާލުމުން އައްޑޫ ސިޓީގެ ހާލަތު ގޯހުންގޯހަށް

ކޯވިޑް-19 ބަލި ފެތުރުން މަތަކުރުމަށް އެޅި ފިޔަވަޅުތައް އުވާލުމުން ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގެ ހާލަތު ގޯހުންގޯހަށް ގޮސްފި ކަމަށް ބުނެ އެ ސިޓީގެ ގިނަ ބަޔަކު ކަނ...

24 Aug 2021 | 05:11

ކޯވިޑް-19 ބަލި ފެތުރުން މަތަކުރުމަށް އެޅި ފިޔަވަޅުތައް އުވާލުމުން ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގެ ހާލަތު ގޯހުންގޯހަށް ގޮސްފި ކަމަށް ބުނެ އެ ސިޓީގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ ބަލި ފެތުޜޭ މިންވަރު އިތުރުވުމެވެ. އިއްޔެގެ ނިޔަލަށް އެކްޓިވް ވޭދަތަކުގެ އަދަދު 155 އަށް އަރާފައި ވީ ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވުމެވެ.

އައްޑޫގެ ކޯވިޑް-19 ވޭދަނަތަކަށް ބަލާއިރު މިވަގުތު އެންމެ ގިނަ ވޭދަނަ ފެނިފައި ވަނީ ރިކޯޑު މަރަދޫންނެވެ. އެ ރަށުގައި 85 ވޭދަަނަ އުޅޭ އިރު މަރަދޫފޭދޫގެ އެކްޓިވް ވޭދަނަތަކުގެ އަދަދަކީ 39 އެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ފޭދޫގައި 14 އެކްޓިވް ވޭދަނަ އުޅޭ އިރު ހިތަދޫގެ އަދަދު ވަނީ 17 އަށް އަރާފައެވެ.

އައްޑޫގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަހަރުގެ މޭއި އެއް ވަނަ ދުވަހުއެވެ. 80 ދުވަހުގެ މޮނިޓަރިންއަށް ފަހު އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. ލޮކްޑައުން އުވާލި އިރުވެސް 70 އެކްޓިވް ވޭދަނަ އެ ސިޓީގައި ވެއެވެ.

ބަލި އިތުރަށް ފެތުރިދާނެތީ ރައްޔިތުންގެ ކަންބޮޑުވުން އޮތް އިރު، އަލުން ލޮކްޑައުންއަކަށް ދިއުމަށް ވެސް ބައެއް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް