ހުޅުމާލޭގައި ހުންނަ މުހައްމަދު ޤާސިމް ޕްރީސްކޫލް މަރާމާތުކުރަން އޭއާރު ބިޒްނަސް މޯލްޑިވްސް އާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1,988,088.30 (އެއްމިލިއަން ނުވަލައްކަ އަށްޑިހަ އަށްހާސް އަށްސަތޭކަ އަށް ރުފިޔާ ތިރީސް ލާރި) އަށެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން އަހުމަދު ރިޔާޒު އެވެ. އޭއާރު ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ރަޝީދު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްގެ މަރާމާތުގެ މަސައްކަތްތައް މި އަހަރުގެ އޮކްޓޯބަރު މަހު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
https://twitter.com/MoEdumv/status/1429783162356264971
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް