ބުރުގާ އަޅައިގެން ހުރެވޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމަށް ބުނިތާ ހަފްތާއެއް ނުވަނީސް، ޓިކްޓޮކް ތަރި ޝިފާ، އޭނާގެ ބުރުގާ ބާލައި އެއްލާލައިފިއެވެ.
ޝިފާ ބުރުގާ ނެގިކަން ހާމަވެގެންދިޔައީ ސަންގު އީން ދައްކަން ފަށަން އުޅޭ "ޓިއުސްޑޭ ނައިޓު ވިތު ޝިފާ" މި ޝޯގެ ޓްރެއިލާ އާންމުކުރި ހިސާބުންނެވެ.
ޝިފާ ބުރުގާ ނެގިކަން އެނގިގެންގޮސްފައިވާއިރު މީގެ ހަތަރުވަރަކަށް ދުވަސްކުރިން ޝިފާ ބުނެފައިވަނީ ބުރުގާ އަޅައިގެން އުޅެވޭތޯ ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. ކޮންމެ މީހަކަށްވެސް ކުރެވޭނީ މަސައްކަތް ކަމަަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ފަހުން ޝިފާ ބުރުގާ އަޅާފައިވަނީ ޝިފާގެ މަންމަ އާއި ޝިފާގެ ދަރިފުޅު ގާތަށް ރަށަށް ދިއުމަށްފަހުގައެވެ. ރަށުން އެނބުރި އައިތާ އަދި މާ ގިނަ ދުވަހެއް ނުވާނެއެވެ.
މިއީ ޝިފާ ބުރުގާ އަޅާ ބުރުގާ ބޭލި ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް