ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް ޗިޓު ފޮނުއްވައިފިއެވެ.
ރައީސް ނަޝީދުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ 2015 އޮގަސްޓު 25 ވަނަ ދުވަހު 20:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އުސާމަތު ސޮއި ކުރައްވައި ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަޠީފާ ޗިޓު ހަވާލުކުރެއްވީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
"ކުއްލިގޮތަކަށް އެއްވެސް ލިޔެކިޔުމެއްނެތި ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުވެސް ނުވަނީސް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ކަނޑައެޅިގެން ބިރު ދެއްކުމާއި ފުރައްސާރަ ކުރުން ކަމުގައި މި އޮފީހުން ޤަބޫލު ކުރަން" ރައީސް ނަޝީދުގެ އޮފީހުން ބުނެފައި ވެ އެވެ.
އެ އޮފީހުން އިތުރަށް ބުނެފައިވަނިމިފަދަ ކަންކަމުން ދުރުވެ ޤާނޫނުގެ ވެރިކަން ހިންގުމަށް ދައުލަތުގެ އެންމެހައި މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް