ނަތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލާ ޕެޓިޝަނުގައި 80 ހާސް މީހުން ސޮއިކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލައި އިނގިރޭވިލާތުގައި ތައްޔާރުކުރި ޕެޓިޝަނުގައި މިހާތަނަށް 80 ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް އެ ޕެޓިޝަން ތައްޔާރުކުރި ފަރ...

24 Aug 2015 | 04:40

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލައި އިނގިރޭވިލާތުގައި ތައްޔާރުކުރި ޕެޓިޝަނުގައި މިހާތަނަށް 80 ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް އެ ޕެޓިޝަން ތައްޔާރުކުރި ފަރާތުން ހާމަކޮށްފި އެވެ.

މި ޕެޓިޝަންގައި ގޮވާލާފައިވަނީ މިދިޔަ އަހަރު ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ނަތަންޔާހޫ ހިންގި ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އޭނާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

ނަތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލައި ޕެޓިޝަން ތައްޔާރުކޮށްފައި މިވަނީ އަންނަ މަހުގެ ތެރޭގައި ނަތަންޔާހޫ އިނގިރޭސިވިލާތަށް ދާނެކަން އިއުލާނުކޮށްފައި ވަނިކޮށެވެ. އިނގިރޭސިވިލާތަށް އައުމާއެކު ނަތަންޔާހޫ ހައްޔަރުކުރަން ޖެހޭނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައި ވެ އެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައިވަނީ މި ޕެޓިޝަންގައި ލައްކައަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި ނަމަ އޮންނަ އުސޫލުގެ މަތިން މި ޕެޓިޝަނާއިމެދު ގާނޫނުހަދާ މަޖިލީހުގައި ބަހުސް ކުރެވޭނެ ކަމަށެވެ.

މިދިއަ އަހަރު ޖުލައި އަދި އޯގަސްޓް މަހުގައި އިޒްރޭލުން މެދުކެނޑުމެއްނެތި 50 ދުވަސް ވަންދެން ވަރުގަދަ ހަމަލާތަކެއް ދިނެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް