މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗީފް ޑެވެލޮޕްމަންޓް އޮފިޝަރު އަދުނާން އަލީ މަގާމުން ވަކިކުރަން ނޯޓިސް ދީފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަދުނާނު ވަކިކުރަން އިއްޔެ ނޯޓިސް ދިނީ މި މަހުގެ ނިޔަލަށެވެ.
އަދުނާނަކީ އެމްއޭސީއެލްގެ ސްކޮލަޝިޕެއްގައި ޑިގްރީ އަދި މާސްޓާސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ގިނަ އަހަރުތަކެއް ވަންދެން އެމްއޭސީއެލްގައި މަސައްކަތްކުރައްވަ އަދުނާން، ރައީސް ނަޝީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބަދަލުކުރެއްވި އެވެ. އެމްއޭސީއެލްއާ އަދުނާނު ދެވަނަ ފަހަރަށް ގުޅިވަޑައިގަތީ ޖުލައި 2013 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް