ނަޝީދު ގޭ ބަންދަށް ބަދަލުކުރި ކަމަށްބުނެ ގެންގުޅެނީ އަސްލު ލިޔުމެއް ނޫން: ކަރެކްޝަންސް

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ގޭބަންދަށް ބަދަލުކުރިކަމަށްބުނެ ގެންގުޅޭ ލިޔުމަކީ މޯލްޑިވްސް ކަރެކްޝަނަ...

24 Aug 2015 | 02:56

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ގޭބަންދަށް ބަދަލުކުރިކަމަށްބުނެ ގެންގުޅޭ ލިޔުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ލިޔުމެއް ނޫންކަމަށް އެ ސާވިސް އިން ބުނެފި އެވެ.

އެ މުއައްސަސާއިން މިހެން ބުނެފައިވަނީ ރޭ ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ކަރެކްޝަންސް އިން ބުނެފައިވަނީ 21 ޖޫންގައި ރައީސް ނަޝީދު ތިން ދުވަހުގެ މުއްދަތަށް ގެއަށް ބަދަލު ކުރުމަށްފަހު 23 ޖޫންގައި އެ މުއްދަތު 18 އޯގަސްޓާ ހަމައަށް އިތުރު ކުރެވުނު ކަމަށެވެ. އަދި އެއަށްފަހު ރޭ ރައީސް ނަޝީދު ޖަލަށް ބަދަލުކުރެވިފައިވާނީ އެ މުއްދަތު ހަމަވެފައި ވާތީ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ރައީސް ނަޝީދުގެ ހުކުމް ގޭ ބަންދަށް ބަދަލުކުރިކަމަށްބުނެ ސޯޝަލް މީޑިއާގައި އަނބުރަމުން އަންނަ ލިޔުމާއި ބެހޭގޮތުން އެ ބަޔާނުގައި ކަރެކްޝަންސް އިން ބުނެފައިވަނީ ރައީސް ނަޝީދުގެ ހުކުމާއި ބެހޭގޮތުން އެއްވެސް ލިޔުމެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޫކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ބުނެފައިވަނީ އެކަމާ ގުޅޭ ލިޔުމެއް ވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް