އޮފީސްތަކަށް ޙާއްސަކޮށްގެން އޫރިދޫއިން، މަގްބޫލު ތިން މޯބައިލް ގޭމެއް ހިމެނޭހެން އީސްޕޯޓްސް އިންޓަ އޮފީސް މުބާރާތް  އިއުލާން ކޮށްފި

އޫރިދޫއިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތަކަށް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް ހިމެނޭ އީސްޕޯޓްސް މު...

24 Jul 2024 | 15:39

އޫރިދޫއިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތަކަށް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް ހިމެނޭ އީސްޕޯޓްސް މުބާރާތް އޫރިދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާން ކޮށްފިއެވެ.

މި މުބާރަތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އޫރިދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވިފައިވާ މުބާރާތެއް ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ. އަދި މި މުބާރާތަކީ މުވައްޒިފުންގެ ގޭމިންގް ހުނަރު ދައްކާލާއި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަގަނޅު މުބާރާތެއް ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

މި މުބާރާތަކީ ލައިވް ކުރާ އިވެންޓެއް ކަމުން ޓީމުތަކުގެ ސަޕޯޓަރުންނަށްވެސް އޫރިދޫއިން ވަނީ ދައުވަތު ދީފައެވެ.

މިގޮތުން އީއޭއެފްސީ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ އެވެ. އަދި އެމްއޯބީއޭ ގޭމް ޖުމްލަ ޕްރައިޒް ޕޫލަކީ 10،000ރ އެވެ. މީގެއިތުރުން ޕަބްޖީ މޯބައިލް ގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ ކަމަށް އޫރިދޫއިން ވަނީ ކަނޑައަޅާފައެވެ.

ޖުމްލަ 50،000 ރުފިޔާގެ ބޮޑު އިނާމަކާއި އެކީ އޫރިދޫއިން އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އޮގަސްޓް މަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް