ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީން ޑީޕޯޓުކޮށްލަނީ

ގިނަ އަދަދެއްގެ ބަނގުރަލާ އެކު އިއްޔެ ހައްޔަރުކުރި ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ...

24 Jul 2024 | 14:58

ގިނަ އަދަދެއްގެ ބަނގުރަލާ އެކު އިއްޔެ ހައްޔަރުކުރި ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއް ކަމަށެެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފިހާރައަކާއި އެޕާޓުމަންޓެއް ބަލައި ފުލުހުން ވަނީ ބަނގުރާ ކަމަށް ބެލެވޭ500 އެމްއެލްގެ141 ފުޅި ހޯދާފައެެވެ.

މި އޮޕަރޭޝަނުގައި މި މައްސަލައާއި ގުޅިގެން  ތިން މީހަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ،24 އަހަރުގެ ބިދޭސީ ފިރެހެނަކާއި29 އަހަރުގެ ބިދޭސީ ދެ ފިރެހެނުން ކަމަށެވެ. އެ ތިން މީހުންވެސް މިހާރު ވަނީ ޑީޕޯޓު ކޮށްލުމަށް އިމިގްރޭޝަނާއި ހަވާލު ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް