ފުރަތަމަ މާޕް އެޗް އާރ އެކްސެލެންސް އެވޯޑްސް މިރޭ ވިލާކޮލެޖް ހޯލްގައި އޮންނާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ހާމަކޮށްފިއެވެ.
2023 ވަނަ އަހަރު އެވޯޑްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާ، އިވެލުއޭޓް ކޮށްނިމި އެވޯޑް ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމުގައި މާޕްގެ ރައީސް އަހުމަދު އިބްރާހީމް ވިދާޅުވިއެވެ.
އެވޯޑް ތަކުގެ އިތުރު ތަފްސީލް ދެއްވަމުން އަހުމަދު ވިދާޅުވީ އިންޑިވިޖުއަލް ކެޓަގަރީން ތިން އެވޯޑަކާއި އޮގަނައިޒޭޝަނަލް ހަތް އެވޯޑެއް ދެވިގެންދާނެ ކަމަށާއި އެގޮތުން މީހުން ބިނާކުރުން، އިނޮވޭޝަން އެންޑް އެކްސެލެންސް، ވެލްބީން، އޮގަނައިޒޭޝަނަލް ކަލްޗަރ، ޓެކްނޮލޮޖީ އެންޑް ގޮރޯތް ހިމެނޭނެ ކަމަށެވެ. އަދި މި އެވޯޑަށް ރާއްޖޭގެ އެކި ހިސާބުތަކުން ކުރިމަތިލީ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މާޕް އެޗް އާރ އެކްސެލެންސް އެވޯޑްގެ މަގްސަދާ ބެހޭގޮތުން ވިދާޅުވީ، އެޗް އާރ ޕްރޮފެޝަނަލުން އެ ކުރައްވާ މަސައްކަތް ތަކުގެ އަގު މިގޮތަށް ދެވޭ އެވޯޑަކުން އެންމެ ފުރިހަމައަށް އަދާނުކުރެވޭނެ ކަމާއި މިކަމުގެ ސަބަބުން ޒުވާނުން އެޗްއާރ ދާއިރާއަށް ވަނުމަށް އިތުރަށް ޝައުގުވެރިވާނެ ކަމަށް އުންމީދު ކުރާކަމުގައްޔާއި އެގޮތުން ކުރިޔަށް އޮތްތާނގައި މިހާރަށްވުރެ ގިނަ ފަރާތްތަކުން އެވޯޑް ތަކަށް ކުރިމަތިލާ، ފުޅާ ދާއިރާއެއްގައި އެވޯޑްތައް ދެވިގެންދާނެކަމަށް އުންމީދު ކުރާކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.
މި އިވެންޓަކީ މިގޮތަށް އެޗް.އާރ ޕްރޮފެޝަންލުންގެ އަގުވަޒަންކުރުމަށް ބޭއްވޭ އެންމެ ބޮޑު އިވެންޓް ކަމަށް ވާއިރު އުންމީދަކީ ނެޝަނަލް ލެވްލް އެއްގައި ބަލައިގަނެވޭނެ އެވޯޑްތަކަކަށް މުސްތަޤުބަލުގައި މި އެވޯޑްސް ތައް ވެގެން ދިއުން ކަމަށާއި މިކަމުގެ ސަބަބުން ކުންފުނިތަކާއި ޖުމްލަކޮށް ހުރިހާ އިދާރާއެއްގަވެސް އިންސާނީވަސީލަތް ތަރައްގީކޮށް ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ފަށާނެކަމަށް މާޕް އިން އުންމީދު ކުރެއެވެ.
.މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ހަ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން މިޖަމިއްޔާއިން ވޭތުވެދިޠަ އަހަރު ތަކުގައި ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ ދެ އިވެންޓްގެއިތުރުން ހަތަރު އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ އަދި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 4 ފަހަރެއްގެ މަތިން ބާއްވާފައިވެއެވެ. އޭގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ސްޕީކާރ ރޮބިން ބޭންކްސް ލައިވް އިން މޯލްޑިވްސް އިވެންޓް އަދި ނޮލެޖްޝެއާ ސެޝަންތައް ކާމިޔާބުކަމާއެކު ބާއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް