އަންނަ ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ރޭގައި ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނޭޝަނަނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށެވެ.
"26 ޖުލައި 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވަގުތެއްގޮތުގައި ހަމަޖައްސާފައިވާތީ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ" މާލޭ ސިޓީ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައިވާއިރު މިފަދަ ހާލަތްތަކުގައި އެކަން ތަންފީޒު ކޮށް މަގުތައް ބެލެއްޓުމަށް ދިވެހި ފުލުހުން ހަރަކާތްތެރިވަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް