އައްޑޫން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލައިގާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ. ނާޒިލް މި ކުއ...

24 Jul 2024 | 04:21

އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލައިގާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ. ނާޒިލް މި ކުއްލި މައްސަލަ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ 30 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ރައްޔިތުންގެ އަސާސީ ހައްގަކަށް މި ސަރުކާރުން އިހުމާލުވެފައިވާކަމަށްބުނެއެވެ.

މި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދަން ފެނޭތޯ ވޯޓަކަށް އެހުމުން މިއަދު މަޖިލީހަށް ހާޒިރުވި 60 މެންބަރުންގެ ތެރެއިން 57 މެންބަރަކު ވޯޓުދެއްވީ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށެވެ.

މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި އައްޑޫ ސިޓީގެ ބައެއް ރަށްރަށުން އެކި ވަގުތުތަކުގައި އަންނަނީ ކަރަންޓު ކަނޑަމުންނެވެ. މިހެން ދިމާވީ ކަރަންޓު ދިނުމަށް ބޭނުންކުރާ މައި އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ފެނަކައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް