ރާއްޖޭގައި ބަލިތަށް ދެނެގަތުމަށް ހާއްސަކޮށްގެން ހެދޭ ކްރިޓިކަލް ޑައިގްނޯސްޓިކް ޙިދުމަތްތައް ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އެމްއާރުއައި ކެންޕެއިނެއް ތަޣާރަފްކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ކެމްޕޭނުގެ ދަށުން ހިދުމަތްހޯދާ ފަރާތްތަކަށް އަތުން އިތުރު އެއްވެސް ހަރަދަކާ ނުލައި އެމް.އާރު.އައި ސްކޭން ހެދޭނެ ގޮތް ހަމަޖައްސާލަދޭނެއެވެ.
އެމްއާރުއައި ސްކޭން ހަދަން ބޭނުންވާ ދިވެހިންނަށް ގިނަގުނަ ދަތިތަކެއް ހުރިކަމަށް ޤަބޫލްކުރައްވާ ކަމަށް ވިދާޅުވެ، މި ކެންޕޭނުގެ އަމާޒަކީ ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދާދިނުމަށް ކަމުގައި ޓްރީ ޓޮޕްގެ ސީއީއޯ ޑރ. އެސް ސްރިވަތުސަން ސްރީދަރު ޖީ ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ ޙިދުމަތްތައް އަބަދުވެސް މި ހޮސްޕިޓަލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވިއެވެ.
16 ޖުލައި 2024 އިން 16 ސެޕްޓެމްބަރ 2024 ގެ ނިޔަލައް ކުރިޔައް ގެންދާ މިކެމްޕޭނުގައި ޙާއްސަ ކުރެވިފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.
ޓްރީޓޮޕް ހޮސްޕިތަލުގެ ޒަމާނީ ޓެކްނޮލޮޖީހިމެނޭ ދެ އެމް.އާރް.އައި މެޝިންގެ ޙިދުމަތްތައް:
ޓްރީޓޮޕް ހޮސްޕިޓަލްގެ ޒަމާނީ ދެ އެމް.އާރް.އައި މެޝިނުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ބާވަތުގެ ވީޑިޔޯ ދެއްކުމާއި، ތަފާތު އަޑުތަކާއި މިއުޒިކް ޖަހާދިނުން ހިމެނެއެވެ. މީގެ އިތުރުން ޙައްޞަކޮށް ދުވަސްވީ ބޭފުޅުންނާއި ބިރުވެރިކަން އިޙްސާސްކުރައްވާ ފަރާތްތަކަށް، އެމް.އާރް.އައި ސްކޭން ނަގާއިރު ގާތުގައި އެހީތެރިޔަކު ބެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޙިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ފަސޭހަވެ، ހިންހަމަޖެހޭ މާހައުލެއްގައި ސްކޭން ހެދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްފޯރުކޮށްދިނުންކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.
މި ސްކްރީނިން ކެމްޕެއިނަށް ބުކިންގް ހެއްދެވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 3351610 އަށް ގުޅުއްވާ، ނުވަތަ [email protected] އީމެއިލް ކޮށްލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް