އިންޑިޔާއިން ރާއްޖެއަށް މި އަހަރު ދޭނެ އެހީގެ އަދަދު ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު ގާތްގަނޑަކަށް ދަށްކޮށްފިއެވެ.
އެ ޤައުމުން ގެންގުޅޭ "ނެއިބަރހުޑް ފަސްޓް" ޕޮލިސީގެ ދަށުން 2024/2025 އަށް ޔޫނިއަން ބަޖެޓް އިއްޔެ ފާސްކޮށްފައިވާއިރު އެ ބަޖެޓަކީ 22،154 ކަރޯޑު ރުޕީސްގެ ބަޖެޓެކެވެ.
މި ބަޖެޓުގެ ދަށުން ރާއްޖެއަށް އެހީގެ ގޮތުގައި ދޭން އިންޑިޔާއިން ނިންމާފައިވަނީ 400 ކަރޯޑް ރުޕީސް އެވެ. 2023/2024 ޔޫނިއަން ބަޖެޓުގައި ރާއްޖެއަށް 770 ކަރޯޑް އިންޑިޔަން ރުޕީސް ދޭން ނިންމިއެވެ.
އިންޑިޔާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުގައި އުމްރާނީ ތަރައްޤީގެ އެހީއަށް ދެވޭ މި ބަޖެޓުން ރާއްޖެއަށް މި އަހަރު ދެވޭ އަދަދު ބޮޑުތަނުން ދަށްވެފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ "ޗައިނާ ފަސްޓް" ޕޮލިސީގެ ސަބަބުންނެވެ.
އެ ބަޖެޓުގައިވާގޮތުން މި އަހަރު އިންޑިޔާއިން އެންމެ ބޮޑު އެހީއެއް ދޭނީ ބޫޓާނަށެވެ. އެއީ 2068 ކަރޯޑުގެ ރުޕީސް އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އެހީއެއް ދޭން ނިންމާފައިވަނީ ނޭޕާލަށެވެ. އެއީ 700 ކަރޯޑު ރުޕީސް އެވެ. އަދި އަވަށްޓެރި ސްރީ ލަންކާއަށް މި އަހަރު 245 ކަރޯޑް ރުޕީސްގެ އެހީ ދޭން ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެއް ކަރޯޑް ރުޕީސް އަކީ ގާތްގަނޑަކަށް 120 ހާސް އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއް ކަރޯޑަކީ 1.8 މިލިޔަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް