އަގު ހެޔޮކަމަށް މަޝްހޫރު އެއް އެއާލައިންކަމުގައިވާ އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ބައިނަލްއަޤްވާމީ އެއާލައިންތަކުގެ ތެރެއިން އެންމެ އަގުހެޔޮ އެއް އެއާލައިންގެ ގޮތުގައި މަޝްހޫރު އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާ އެކަން އިޢުލާނުކޮށްފިއެވެ. އެގޮތުން އެ އެއާލައިނުން...

24 Jul 2024 | 00:31

ބައިނަލްއަޤްވާމީ އެއާލައިންތަކުގެ ތެރެއިން އެންމެ އަގުހެޔޮ އެއް އެއާލައިންގެ ގޮތުގައި މަޝްހޫރު އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާ އެކަން އިޢުލާނުކޮށްފިއެވެ.

އެގޮތުން އެ އެއާލައިނުން ދަތުރުތައް ފަށަން ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާ އާއި ރާއްޖެއާއި ދެމެދުގައެވެ. ރާއްޖެއާއި ޝާރްޖާއާއި ދެމެދުގައި ކޮންމެ ދުވަހަކު އެއް ދަތުރުކުރުމަށް އެއާ އަރަބިއާއިން ނިންމާފައިވެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 27ގައި ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު ބުކިން އަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރާއްޖެއިން ޝާރްޖާއަށް ޓިކެޓެއްގެ އަގު 27 އޮކްޓޯބަރުގައި 208 ޑޮލަރު (ރަސްމީ ރޭޓުން ނަމަ 3،207 ރުފިޔާ) އަށް އުޅޭއިރު ޝާރްޖާއިން ރާއްޖެއަށް ޓިކެޓެއްގެ އަގު އުޅެނީ 174 ޑޮލަރު (ރަސްމީ ރޭޓުން ބަލާނަމަ 2683 ރުފިޔާ) އަށެވެ.

ދުރާލާ ޓިކެޓު ނަގާނަމަ އެއަށްވުރެވެސް އަގުހެޔޮކަމަށް ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް