އިންޑިއާގެ ޓީވީ ތަރި ޓީނާ ދައްތާ އޭނާގެ މަންމައާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ޚަތުރޯންކީ ކިލާޅީ އާއި ބިގްބޮސް ފަދަ ޓީވީ ރިއަލިޓީ ޝޯތަކުގެ އިތުރުން ހިންދީ އަދި ބެންގާލީ ބައެއް ފިލްމުތައްވެސް ކުޅެފައިވާ ޓީނާ ދައްތާ ރާއްޖެއައީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ދަ ސްޓޭންޑާޑް ހޮޓެލްސް، ހުރަވަޅި ރިސޯޓުގައެވެ.
ވެސްޓެ ބެންގާލްގެ ކޮލްކައްތާއަށް އުފަން، އުމުރުން 32 އަހަރުގެ ޓީނާ ދައްތާ އަންނަނީ ރާއްޖޭގައި އޭނާ ހޭދަކުރަމުން އަންނަ ޗުއްޓީގެ އެންމެ ފަހުގެ އަދާހަމަތައް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރަމުންވެ.
ޓީނާ ދައްތާގެ އިންސްޓަގްރާމްގައި ފޮލޯވަރުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް ފަސް މިލިޔަނާ ގާތްކުރާ އަދަދެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް