ޖޫން މަހު މާލޭގައި 81 ވަރި

މިދިޔަ ޖޫން މަހު ފެމިލީ ކޯޓުން 81 ވަރި ކޮށްދީފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓުން ހާމަކުރި، ޖޫން މަހުގެ ތަފާސްހިސާބުގައެވެ. އެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައ...

24 Jul 2024 | 00:26

މިދިޔަ ޖޫން މަހު ފެމިލީ ކޯޓުން 81 ވަރި ކޮށްދީފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓުން ހާމަކުރި، ޖޫން މަހުގެ ތަފާސްހިސާބުގައެވެ.

އެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައި ޖޫން މަހު ފެމިލީ ކޯޓުން 81 ވަރިކޮށްދީފައިވާއިރު ހަމަ އެމަހު 195 ކައިވެނި ކޮށްދީފައިވެއެވެ. އެހެންކަމުން ކޮށްދިން ކައިވެނީގެ އެ އަދަދަކީ ކޮށްދިން ވަރިއަށްވުރެ ދެގުނައަށްވުރެ އިތުރު އަދަދެކެވެ.

އެ ކޯޓުން ބުނެފައިވާގޮތުގައި ޖޫން މަހު ވަރީގެ 109 މައްސަލައެއް ނިންމާފައިވެއެވެ. އޭގެތެރޭގައި ވަރިޔާއިމެދު ޝައްކު އުފެދޭ ދެ މައްސަލައަކާއި ވަރި ސާބިތު ކުރުމުގެ 42 މައްސަލައަކާއި ވަރި ކުރުމުގެ 19 މައްސަލައަކާއި ވަރިވުމަށް އެދުނު 46 މައްސަލައެއް ހިމެނެއެވެ.

ޖޫން މަހު ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 67 އިންސައްތަ މައްސަލަ ހުށަހަޅާފައިވަނީ އަންހެނުންކަމުގައި ފާހަގަކޮށްފައިވާއިރު ޖޫން މަހުގެ ތެރޭގައި ޖުމްލަ 135 މައްސަލައެއް ފެމިލީ ކޯޓުން ނިންމާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގެވެށި އަނިޔާއާއި ގުޅޭ ތިން މައްސަލައަކާއި ޚަރަދުގެ 10 މައްސަލައަކާއި ކުދިންނާއި ގުޅުންހުރި ހަ މައްސަލައަކާއި ވަރީގެ 109 މައްސަލައިގެ އިތުރުން އާއިލީ އެހެނިހެން ހަތް މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް