ރައީސް ސޯލިހުގެ ބޭރުގެ ދަތުރުފުޅެއްގެ ޙަރަދުތަކުގެ މައުލޫމާތު ހާމަކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ބޭރު ދަތުރުފުޅަކާ ގުޅޭގޮތުން، ޙަރަދުތަކުގެ މައުލޫމާތު ހާމަކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާ އަރުވައިފިއެވެ. މިކަމާއި ގުޅިގެން މިއަދު ބަންޑާރަ އޮފީހު...

23 Jul 2024 | 19:10

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ބޭރު ދަތުރުފުޅަކާ ގުޅޭގޮތުން، ޙަރަދުތަކުގެ މައުލޫމާތު ހާމަކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާ އަރުވައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު ބަންޑާރަ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ޚަރަދުތައް ހާމަކުރުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ޤަޟިއްޔާ އަނބުރާ ނެގުމަށް ބަންޑާރަ އޮފީހުން ވަނީ ނިންމަވާފައި ކަމަށެވެ.

އަދި އެ ނިންމުމާއި އެއްގޮތަށް މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލްކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވާ ނިންމުމަކާއި ގުޅިގެން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު އެ ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެދި ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއް ކަމަށެެވެ.

އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން މިހާރުވަނީ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެ މަތިން، އެ މައުލޫމާތުތައް ، މައުލޫމާތަަށް އެދުނު ފަރާތަާއި ޙިއްސާ ކުރެއްވުމަށް ރައީސް އޮފީހަށް ލަފާއަރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް