ރާއްޖެ ދަރަނިން ސަލާމަތްކުރުމަށް ޖާނޭ ރިޔާސީ އިންތިހާބުގައި ވާދަކުރަނީ

ދިވެހި ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ޖާނޭ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ. މިކަން ދުވަހަށް ޖާނޭ ކަށަވަރުކޮށްދެއެވެ. ދުވަހަށް މައުލޫމާތުދެމުން ޖާނޭ ބުނީ ޖާނޭއަކީ ސިޔާސީ ...

24 Jul 2023 | 14:43

ދިވެހި ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ޖާނޭ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ.

މިކަން ދުވަހަށް ޖާނޭ ކަށަވަރުކޮށްދެއެވެ.

ދުވަހަށް މައުލޫމާތުދެމުން ޖާނޭ ބުނީ ޖާނޭއަކީ ސިޔާސީ ދާއިރާއަށް އާ މީހެއް ނޫން ކަމަށާއި ރައީސް މައުމޫން ޑީއާރްޕީ ލީޑު ކުރެއްވިއިރު ޒައީމް އާއި ވާދަކޮށްގެން ޑީއާރްޕީގެ ކޮންގްރެސްއިން 221 ވޯޓު ހޯދިކަމުގައި ޖާނޭ ބުންޏެވެ.

ޖާނޭ ބުނެފައިވަނީ އޭނާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލަނީ ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ކަމަށާއި ވެރިކަމާ ހަވާލުވާތާ 36 މަސް ތެރޭގައި ރާއްޖެ ދަރަނިން ސަލާމަތްކޮށްދޭނެކަމުގައި ޖާނޭ ބުންޏެވެ.

ޖާނޭ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގާނޫނީ މައްސަލައެއް ދިމާވެ ޖާނޭއަށް އެފަހަރު ކުރިމަތިލެވޭގޮތް ނުވީ އެވެ.

ޖާނޭ އިތުރަށް ބުނީ މި އަހަރުގެ ވޯޓު ކަރުދާހުގައި ޖާނޭގެ ނަން އޮންނާނެކަން ރާއްޖޭގެ އުތުރާއި ދެކުނުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޔަގީންކޮށްދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް