ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް (އިބޫ ނޫންގޮތެއް) ކަމަށްބުނެ ޝުޖާއު ހުސެއިންވެސް އެއް ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމަށް ތާއީދުކޮށް އެކަން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނުކޮށް މިހާރު ތާއީދު ފޯމު ފުރުމުގެ މަސައްކަތް ކުރަމުން އަންނަ ޝުޖާއު މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް މުހައްމަދު ނަޝީދު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ބައްދަލުކޮށް މަޝްވަރާތައް ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަންވެސް ކުރިން ކުރެއްވި ޝުޖާއު ވިދާޅުވެފައިވަނީ އެއް ކެނޑިޑޭޓަކަށް ތާއީދުކޮށް އެމްއެންޕީ، ޑިމޮކްރެޓްސް އަދި ޖޭޕީގެ އިނީޝީއޭޓިވްއާއިއެއްކޮށް ގައުމީ މަސްލަހަތު އިސްކޮށް، ކުރިއަށްދާން ނިންމާފައިވާކަމަށެވެ.
https://twitter.com/alameershujau/status/1683404090594967552
ޝުޖާއު އަކީ ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެންމެ ކުރިން އިއުލާނުކުރެއްވެވި އެއް ފަރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް