ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ނަމަވެސް ޔާމީނު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
https://twitter.com/Banafsaa/status/1683386427630047233
އިންތިހާބާ ގުޅިގެން ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
އެކަން ހާމަކުރައްވަމުން ރައީސް ޔާމީންގެ ވަކީލް ޝަމީމް ވިދާޅުވެފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާތީ އެ ހައްގުތައް ކަށަވަރުކުރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާނެކަމަށެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ބުނީ، އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތަށް ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަކީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މި އަަހުރުގެ ރިޔާސީ އިންތިހާބަސް ކަނޑައަލާފައިވާ ކެނޑިޑޭޓުަށްވި ނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނީ އިސްތިއުނާފު މަރުހަލާއިން މިނިވަންވެއްޖެ ނަމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް