ޖުމުލަ 22 ހާސް ރުފިޔާގެ އިނާމު ހިމެނޭ ޓިކްޓޮކް މުބާރާތެއް އޭސީސީން ހުޅުވާލައިފި

"ތިބާގެ ވޯޓު-ތިމާގެ މުސްތަގުބަލު" ތީމަށް ޓިކްކޮޓް މުބާރާތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ހުޅުވާލައިފިއެވެ. މާދަމާއިން އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭސީސީން ކުރިއަށްގ...

24 Jul 2023 | 09:51

"ތިބާގެ ވޯޓު-ތިމާގެ މުސްތަގުބަލު" ތީމަށް ޓިކްކޮޓް މުބާރާތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ހުޅުވާލައިފިއެވެ.

މާދަމާއިން އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭސީސީން ކުރިއަށްގެންދާ ޓިކްޓޮކް މުބާރާތުގައި ބައިވެރި ކުރާ ވީޑިއޯތައް ހަދަން ޖެހެނީ ދެ މައުލޫގެ ތެރެއިން އެއް މައުލޫއަކަށެވެ. އެއީ"-

  • 'އަހަރެންގެ ވޯޓު މުހިންމުވަނީ ކީއްވެ؟'
  • 'މަގޭ ވޯޓު ނުވިއްކާނަން!' މިއެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަކަށް10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު ދެވަނަ އިނާމަކަށް ކަނޑައަޅާފައި ވަނީ7000 ރުފިޔާއެެވެ. އަދި ތިންވަނަ އިނާމަކަށް5000 ރުފިޔާއެވެ.

https://twitter.com/ACC_Maldives/status/1683408169060667398

ވޯޓާ ގުޅޭ ޓިކްޓޮކް މުބާރާތެއް އޭސީސީން ހުޅުވާލާފައި ވާއިރު، ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެވެ.

އިންތިހާބަށް ކެނޑިޑޭޓުން ކުރިމަތިލުމަށް އީސީން މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް