ޓްވިޓާގެ ޒަމާންވީ ދޫނި ލޯގޯ ދޫކޮށް "އެކްސް" އަކުރަކަށް ލޯގޯ ބަދަލުކޮށްފިއެވެ.
މި ބަދަލު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ދޫކުރަން ފަށާފައިވާއިރު ލޯގޯގައިވަނީ ތަންކޮޅެއް ސްޓައިލިޝްކޮށް ލިޔެފައިވާ "އެކްސް" އަކުރެއް އެކަންޏެވެ.
މި ބަދަލާއި ގުޅޭގޮތުން އީލޮން މަސްކު ބުނެފައިވަނީ ޓްވިޓާގެ އާ ލޯގޯ ދާދި އަވަހަށް ކުރީގެ ލޯގޯއާއި އެއް ހަމަކޮށް އެންމެންގެ މަގްބޫލުކަން ހޯދާނެ ކަމަށެވެ.
ޓްވިޓާގެ ލޯގޯ ބަދަލުކޮށްފައިވާއިރު މަހުޖަނު އީލޮން މަސްކް ޓްވިޓާއާއި ހަވާލުވިފަހުން މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. ގެންނަ ބަދަލުތަކުގެ ތެރޭގައި ޓްވިޓާ ޔޫޒާސް އެހާ ގަޔާ ނުވާ ބަދަލުތައްވެސް އަންނަނީ ގެންނަމުންނެވެ. އޭގެ ތެރޭގައި ޓްވިޓާ ވެރިފިކޭޝަން ވިއްކަން ފެށުމާއި ޓްވީޓް ފެންނަ މިންވަރު ލިމިޓްކުރުން ފަދަ ބައެއް ބަދަލުތައް ހިމެނެއެވެ.
https://twitter.com/elonmusk/status/1682978324375543808
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް