ޑި ޔޮންގް ހޯދަން މަސައްކަތް ކުރަނީ ހަމަ އެކަނި ޔުނައިޓެޑަކުން ނޫން، ވަރަށް ގިނަ ކުލަބުތަކުން އެބަ މަސައްކަތް ކުރޭ – ލަޕޯޓާ

ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލަޑަރ ފްރެންކީ ޑިޔޮންގް ހޯދުމަށް މަސައްކަތް ކުރަނީ ހަމަ އެކަނި މެންޗެސްޓަރ ޔުނައިޓެޑަކުން ނޫން ކަމަށާއި ވަރަށް ގިނަ ކުލަބުތަކުން އޭނާ ހޯދުމަށް މަސައްކ...

24 Jul 2022 | 18:29

ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލަޑަރ ފްރެންކީ ޑިޔޮންގް ހޯދުމަށް މަސައްކަތް ކުރަނީ ހަމަ އެކަނި މެންޗެސްޓަރ ޔުނައިޓެޑަކުން ނޫން ކަމަށާއި ވަރަށް ގިނަ ކުލަބުތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް  ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.

ލަޕޯޓާ ބުނީ ޔުނައިޓެޑުގެ އިތުރުން ހަ ކުލަބަކުން ޑި ޔޮންގް ހޯދުމަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އޭނާ އަކީ ބާސެލޯނާގެ ޕްލޭނުގައިި ހިމެނޭ މުހިންމު ކުޅުންތެރިއަކަށް ވުމުން އޭނާ އެންވެސް ކުލަބަކަށް ނުވިއްކާނޭ ކަމަށެވެ.

ޑިޔޮންގް ޔުނައިޓެޑަށް ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ފެތުރުނު ނަމަވެސް ލަޕޯޓާ ބުނީ ޑިޔޮން އަކީ ބާސާއިން ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި ކިތެންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް ޑިޔޮންގް ނުވިއްކާނޭ ކަމަށް ލަޕޯޓޭ ބުނެފައިވެއެވެ.

މީގެ ކުރިން މީޑިއާގައި ޚަބަރުތައް ފެތުރިފައިވާ ގޮތުން ބާސާއިން މަސައްކަތް ކުރަމުން ގެންދަނީ 75 މިލިއަން ޕައުންޑުގެ ފީއަކަށް ޔުނައިޓެޑަށް ޑިޔޮން ވިއްކާލުމަށް ކަމަށެވެ. ނަމަވެސް ބާސާއިން އޭނާ ވިއްކަން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން ޑިޔޮންގްގެ ޑީލް ފައިނަލް ނުކުރެވިގެން އުޅެނީކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ލަޕޯޓާ ބުނީ ބާސާއިން ޑިޔޮންގް ވިއްކާލަން ޖެހިއްޖެ ނަމަ ވިއްކާލާނެ ކަމަށާއި ނަމަވެސް އަދި އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

” އަހަރެންނަށް އެނގޭ ޑިޔޮންގް އަށް ވަރަށް ގިނަ ހުށައެޅުންތައް އަންނަކަން. އެހެން ނަމަވެސް އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން. ބާސާއިން އޭނާ ނުވިއްކާނެ. ބާސާގެ ޕްލޭނުގައި ވެސް ޑިޔޮން ހިމެނޭ. އެހެން ކަމުން އެއްވެސް ކުަލަބަކަށް އޭނާ ދޫކުރެވޭކަށް ނެތް.” ސްކައި ސްޕޯޓަސްއާއި ވާހަކަ ދައްކަމުން ލަޕޯޓާ ބުނެފައިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް