ބައި-އިލެކްޝަންތަކަށް ލިބޭ ތަރުހީބު ދަނީ ކުޑަވަމުން - އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް!

ރާއްޖޭގައި މިފަހަކަށް އައިސ ްބާއްވާ ބައި-އިލެކްޝަންތަކަށް ލިބޭ ތަރުހީބު ކުޑަވަމުން އަންނާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކޮމިޝަނުން އެންމެފަހުން ބޭއްވި ބައި-އިލެކްޝަނަކީ އިއ...

24 Jul 2022 | 14:32

ރާއްޖޭގައި މިފަހަކަށް އައިސ ްބާއްވާ ބައި-އިލެކްޝަންތަކަށް ލިބޭ ތަރުހީބު ކުޑަވަމުން އަންނާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޮމިޝަނުން އެންމެފަހުން ބޭއްވި ބައި-އިލެކްޝަނަކީ އިއްޔެ ބޭއްވި ތ. ވަންދޫ އާއި އައްޑު ސިޓީ ހިތަދޫގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

މި ދެ އިލެކްޝަންގެ ތެރެއިން އައްޑު ސިޓީ ހިތަދޫގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާފައި ވަނީ އެންމެ 1،009 މީހުންނެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 12،099 މީހުންގެ އެންމެ 8.34 އިންސައްތައެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުފައިވަނީ "ޑަބްލިޔޫ.ޑީ.ސީ، ސ.ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ޙައްޤުލިބިފައިވާ 12099 މީހުންގެ ތެރެއިން، 1009 (%8.34) މީހުން ވޯޓުލާން، އެތައް ލައްކަރުފިޔާ ޚަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ؟ މިކަމަށް އަވަސްޙައްލެއް ގެންނަން އެބަޖެހޭ!" ކަމަށެވެ.

https://twitter.com/IsmailHabeeb/status/1550856411407458314?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1550856411407458314%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F137120

ރަށްރަށުގެ ކައުންސިލްތަކުންނާއި، އަންހެނުންގެ ކޮމިޓީތަކުން މަގާމްތައް ހުސްވުމާއެކު، ކޮންމެ ފަހަރަކު ވެސް އެ މަގާމްތަކަށް މީހުން އިންތިޚާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ލައްކައިން އަންނަނީ ޚަރަދުކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާ އީސީން ވަނީ ރައްޔިތުންގެ މަޖިލީހާއި އެޓަރނީ ޖެނެރަލަށް ވެސް ހިއްސާކޮށްފައެވެ.

އިންތިޚާބެއް ނުވަތަ ބައި-އިލެކްޝަނެއް ބާއްވާއިރު، އެ ކޮމިޝަންގެ މެންބަރުންގެ ދަތުރުފަތުރާއި، އިންތިޚާބުގެ އިންތިޒާމްތަކާއި އެހެނިހެން ކަންކަމަށް ޢާންމުގޮތެއްގައި ދޮޅު ލައްކައެއްހާ ރުފިޔާ ޚަރަދުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މީގެކުރިން ފޮނުވި ފޮނުވި ސިޓީއެއްގައި ވަނީ މިއަހަރު މަދުވެގެން 50 އަކަށް އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށާއި އެކަމަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް