ޔޯގާ ހަމަނުޖެހުން: މުހައްމަދު އިސްމާއިލްގެ އިސްތިއުނާފުގެ މައްސަލަ ބަަލައިނުގަންނަން ހައިކޯޓުން ނިންމައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ގެ އިސްތިއުނާފުގެ މައްސަލަ ބަަލައިނު...

24 Jul 2022 | 13:14

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ގެ އިސްތިއުނާފުގެ މައްސަލަ ބަަލައިނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.

އެ މައްސަލަ އިސްތިއުނާފްކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމިކަން ކަށަވަރުވާކަމަށް ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" ގައި ވަނީ ބުޔނެފައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއް ސާފު ނުވާކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ގިނަ ބަޔަކު ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.

އެ މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރުކޮށް ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފައެވެ.

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް