ފުވައްމުލައް ސިޓީ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ބުނީ އެ ސިޓީގެ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ މި ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ވެސް މިހާރުނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
331.05 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް