ޕިކްނިކް އައިލެންޑް، ކުޑަގިރީގައި އެލައިޑް ގެ މުވައްޒަފުން ގަސް އިންދައިފި

ޕިކްނިކް އައިލެންޑް، ކުޑަގިރީގައި އެލައިޑް އިންޝުއަރެންސް ކުންފުނީގެ މުވައްޒަފުން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މާލެ ކައިރިން ދަތުރުދާނެ ރަށެއްގެ ގޮތުގައި ސަރުކާރުން ތަރައްގީކުރާ ކުޑަގިރި...

24 Jul 2022 | 10:33

ޕިކްނިކް އައިލެންޑް، ކުޑަގިރީގައި އެލައިޑް އިންޝުއަރެންސް ކުންފުނީގެ މުވައްޒަފުން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މާލެ ކައިރިން ދަތުރުދާނެ ރަށެއްގެ ގޮތުގައި ސަރުކާރުން ތަރައްގީކުރާ ކުޑަގިރި ފެހިކުރުމުގެ މަސައްކަތުގައި އެލައިޑުގެ މުވައްޒަފުން ބައިވެރިވީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ އޮނިގަނޑަށް ޚާއްސަ "ގްރީން ފޯ ގުޑް"ގެ ދަށުންނެވެ.

ގަސްއިންދުމުގެ ހަރަކާތުގައި އެކުންފުނީގެ އިސްވެރިން ހިމެނޭ ގޮތަށް 60 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެ، ގަސް އިންދާފައެވެ.

އެލައިޑުން ބުނީ މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކުރާ ކަމަށާއި މިފަދަ އިސްނެގުންތަކުގައި އެ ކުންފުނީގެ ހީވާގި މުވައްޒަފުން ނުކުމެ ނަމޫނާ ދައްކަމުންދާތީ އުފާކުރާ ކަމަށެވެ.

"އުއްމީދަކީ މުސްތަގުބަލުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ އެކި ގޮފިތަކުގެ ތެރެއިން އާންމުންނަށާއި ތިމާވެއްޓަށް މުހިންމު މަސައްކަތްތަކެއް ކޮށްދެވޭނެކަމަށް. އަދި އާންމުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތާއި އެއް ފެންވަރުގެ އޮނިގަނޑެއް އިޖްތިމާއީ މަސައްކަތްތަކުގައި ވެސް އެކުލަވައިލުން." އެލައިޑުން ބުންޏެވެ.

އެލައިޑުން ވަނީ ޚިދުމަތް ދިނުމުގައި ޕޭޕަރލެސް ގޮތްތައް ޚިޔާރުކޮށް، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކަށް އާންމުން އަހުލުވެރި ކުރުވައި، އޮފީސް މާހައުލުގައި ވެސް ތިމާވެއްޓާއި ރައްޓެހި އުސޫލުތަކަށް އިސްކަންދިނުމަށް 2019 ވަނަ އަހަރު "ގްރީން ފޯ ގުޑް"ގެ ނަމުގައި ޕްލެޖްތަކެއް އިފްތިތާހުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް