ބ. ކަމަދޫ ކައުންސިލުގެ ކުރީގެ ރައީސް އަހްމަދު ސާޖިދަށް ސިޔާސީ މަގާމެއް ދެއްވައިފިއެވެ.
އެރަށު ކައުންސިލުގެ ރައީސްކަން މިދިޔަ ދައުރުގައި ކުރެއްވި އަހްމަދު ސާޖިދު އައްޔަން ކުރައްވާފައިވަނީ ކަމަދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ، ހެލްތު ސަރވިސަސްގެ މަގާމަށެވެ.
ރައީސް އޮފީހުން، އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށް މަގާމަށް އައްޔަންކުރެއްވީ މި ޖުލައި މަހުގެ 21 ވީ ބުރާސްފަތި ދުވަހުއެވެ.
އެ މަގާމަށް ސާޖިދު އައްޔަނު ކުރެއްވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ސާޖިދުގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މިދިޔަ ދަރުރުގައި ރައީސްކަން ކުރެއްވި ބައެއް ފަރާތްތައް ވަނީ އެރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އެންމެ އިސް މަގާމުތަކަށް ދާދި ފަހުން އައްޔަންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް