7 ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ އަންނަ އޯގަސްޓު މަހު ބާއްވަން ނިންމައިފިއެވެ.
ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯ ގައި މިއަހަރު ވެސް 50 ފަރާތަކުން ބައިވެރިވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖޭގެ މެރިން ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ ހަމައެކަނި އެކްސްޕޯ މިއަހަރު ކުރިއަށްދާނީ އަންނަ އޯގައޮގަސްޓު 13،12،11 ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތައް ހިމެނެއެވެ. އަދި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކާއި މެރިން ފުޑްސް އުފައްދާ ފަރާތްތައް ވެސް މިއަހަރުގެ އެކްސްޕޯ ގައި ބައިވެރިވާނެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ ގެ ހަތްވަނަ އެޑިޝަންގެ މެއިން ސްޕޮންސަރއަކަށް އެމްޓީސީސީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.
މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ އެންމެފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން (އެންބީއޭއެމް) އިން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް