މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވަން ރޭވި ފުޅަނދުބުރުވެސް ކެންސަލް ކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހަފްސީ އަބްދުﷲ ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި މިިނިސްޓްރީން ކުރިއަށްގެންދާނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ކަމަށެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާއި ފުޅަނދުބުރު ކެންސަލް ކުރީ އިގްތިސާދީ ހާލަަތަށް ބަލައި ހަރަދުކުޑަކުރުމުގެ ގޮތުންނެވެ.
މިނިވަން ދުވަހާއި ގުޅުވައި ކުރިން ކޮންމެ އަހަރު ބާއްވަމުން އައި ފުޅަނދު ބުރު އެންމެ ފަހުން ބޭއްްވީ 2019 ވަނަ އަހަރުގައެވެ. އޭގެ ކުރީގެ ތިން އަހަރުވެސް ބާއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް