ބޮލީވުޑް ބަތޮލު، ސަލްމާން ޚާން ބަޑިއެއް ގެންގުޅުމުގެ ހުއްދައަށް ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
އިންޑިއާ މީޑިއާ ބުނާގޮތުގައި ސަލްމާން ބަޑި ގެންގުޅުމުގެ ހުއްދައަށް އެދިފައިމިވަނީ އޭނާގެ ބައްޕައަށް މަރުގެ އިންޒާރު ލިބިފައިވާއިރު އެކަމާއި ގުޅުވައެވެ.
އެގޮތުން މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ސަލްމާން ބަޑިއެއް ގެންގުޅުމުގެ ހުއްދައަށް އެދުނީ މުމްބައި ފުލުހުންގެ ކިބައިންނެވެ.
ސަލްމާން ޚާންގެ ބައްޕަ ސާލިމް ޚާނަށް މީހަކު އިންޒާރުގެ ނޯޓެއް ދިނީ ފަތިހުގެ ވަގުތެއްގައި ކަސްރަތަށް ނިކުމެ އުޅެނިކޮށެވެ. އިންޒާރުގެ އެ ނޯޓު ސާލިމަށް ލިބުނީ ޕަންޖާބު ލަވަކިޔުންތެރިޔާ ސިއްދޫ މޫސޭ ވާލާއަށް ބަޔަކު ބަޑިން ހަމަލާދީ މަރާލިތާ ދެތިންދުވަސްތެރޭގައެވެ. ސަލްމާންގެ ބައްޕައަށްވެސް އިންޒާރު ދިނީ ސިއްދޫ މޫސޭވާލާގެ ގާތިލުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް