އިރާނުގެ ދެކުނު ބިތުގެ ޕްރޮވިންސެއްކަމުގައިވާ އެސްތަބަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 22 މީހަކު މަރުވެ އެކަކު ގެއްލިއްޖެއެވެ.
އާއްމު އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ރެޑް ކްރެސެންޓާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ބޯކޮށް ވާރޭވެހި ބައެއް ކޯރުތައް ފުރި ބަންޑުން ޖަހާލުމުގެ ސަބަބުން އެ ޕްރޮވިންސްގެ ބޮޑުބައެއްގައިވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެެ.
އެ ސަރަހައްދުން ސަލާމަތު އައްސޭރިތަަކަށް މީހުން ގެންދއިުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް 150 އަށްވުރެ ގިނަ އިމަޖެންސީ ރެސްޕޯންޑަރުން ހަރަކާތްތެރިވަމުން އަންނަަކަމުގައި އެ ޕްރޮވިންސްގެ ގަވަރުނަރު ޔޫސުފް ކަރްގާރާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އާއްމުގޮތެއްގައި އިރާނަކީ ހަނަފަސް ބިމެއް އޮންނަ ފެންބޮޑުވުމާއި ދުރު ގައުމެއް ނަމަވެސް ވާރޭވެހި ފެންބޮޑުވާ ފަހަރެއްނަމަ މިފަދަ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާގޮސްފައިވެއެވެ.
އެގޮތުން 2019 ގައި މިފަދަ ގޮތަކަށް ފެންބޮޑުވި ހާދިސާއެއްގައި 76 މީހަކު މަރުވެފައިވެއެވެ. އެއަހަރުގެ ވިއްސާރައިގާ އެ ގައުމަށް ލިބުނު ގެއްލުން ދެ ބިލިޔަނަށް ޑޮލަރަށްވުރެ މައްޗަށް އެރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް