ދުވަހުގެ މޫސުން: މެދުރާއްޖެއާއި ދެކުނަށް ކެރީގެ އަސަރު ފޯރިނަމަވެސް އުތުރަށް މޫސުން ރަނގަޅު

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އުތުރުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއ...

24 Jul 2022 | 01:30

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އުތުރުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ މި ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގުއުތުރުން މެދުރާއްޖެއާއި އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުުމިނުގައި ވައިޖެހޭނެއެވެ.

އުތުރާއި މެދުރާއްޖޭގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ދެކުނުގައި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ބުނެފައިވެެއެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް