ހަމަލާއާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބި ބައެއް މީހުން އިއުތިރާފު އެއްބަސްވުން ހަދަން ބޭނުންވަނީ

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އިއުތިރާފްގެ އެއްބަސްވުން ހަދަން ދައުލަތާއެކު ވާހަކަދައްކަމުންދާކަމަށް ޕްރޮސެކިއު...

24 Jul 2021 | 17:45

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އިއުތިރާފްގެ އެއްބަސްވުން ހަދަން ދައުލަތާއެކު ވާހަކަދައްކަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާބައެއް މީހުން މިހާރު އިއުތިރާފުގެ އެއްބަސްވުމަކަށް ވާހަކަަދައްކަމުން ދާކަމަށެވެ. ޝަމީމް ވިދާޅުވީ އެމީހުންނާއި އެކު އިއުތިރާފު އެއްބަސްވުމުން ހެދުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޕީޖީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިއުތިރާފްގެ އެއްބަސްވުމުގެ މަރުހަލާއެއް އޮންނަ ކަމަށެވެ. އަދި އެއީ ޖިނާއީ އަދުލުގެ ނިޒާމަށްވެސް ލުއިތަކެއް ލިބި، މުޅި ތަހުގީގަށްވެސް ލުއިތަކެއް ލިއްބައިދޭ މަރުހަކާއެއްކަމަށެވެ.

ބައެއް މީހުން އިއުތިރާފު އެއްބަސްވުން ހަދަން ބޭނުންވާ ކަމަށް ވިދާޅުވިޔަސް އެއީ ކޮންބައެއްކަމެއް ޕީޖީ ހާމައެއް ނުކުރައްވަ އެވެ. ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުމުގައި ދިރާސާކުރުމަށް ފަހު، ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރާނެކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގެ ހައްޔަރުގައި މިހާރު 10 މީހުން އެބަތި ކަމަށް މިރޭ ފުލުހުން ހާމަ ކުރި އެވެ.

އޭގެ ތެރެއިން އެންމެ އިސްކޮށް އަދި ހަމަލާ ދޭން އިރުޝާދު ދިނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ މިއަދު އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް