ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކަށް ކޯވިޑް ޖެހިފަ ހުރުމުން ކުޅުދުއްފުށީ ސިޓީ މޮނިޓަރިންނަށް

ހދ. ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައި...

24 Jul 2021 | 16:34

ހދ. ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ސިޓީއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ސިޓީން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި އުމުރުން 13 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ކޭސް އާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ14 ރަށެކެވެ. އޭގެ ތެރެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ގދ. ތިނަދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް