ނަޝީދަށް ދިން ހަމަލާގެ ތަފުސީލު ހާމަ ކުރަން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަފްސީލް ހާމަކުރަން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ. ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ބާއް...

24 Jul 2021 | 13:15

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަފްސީލް ހާމަކުރަން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި އެވެ. މި ބައްދަލުވުމުގައި މައުލޫމާތުތައް ހާމަކުރައްވާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒެވެ.

ނަޝީދަށް ދިން ހަމަލައިގެ ތަހުގީގަށް ފާހަގަވި މުހިންމު ބައެއް މައުލޫމާތުތައް މިރޭ ހާމަކުރާއިރު، އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަހްމަދު ފާތިހު އެވެ.

މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި އިތުރު ތިން މީހުން ފުލުހުންގެ ހައްޔަރުގައި އެބަތިއްބެވެ. އޭގެ ތެރެއިން މައުލޫމާތު ހާމަކޮށްފައިވަނީ އަލީ އައިޝަމްގެ އެކަންޏެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭއެވެ.

އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. އެ ގައުމުން ފަރުވާ ހޯއްދަވައިގެން މިހާރު އިތުރު ފަރުވާއަށް ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް