އުތުރުގެ ހަތަރު އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރެވެހި ވައިބާރު ވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. އެ ލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 10:00 އަށެވެ.
ހުދު ސަމާލުގެ މިވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވަައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މިއަދު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މެޓް އޮފީހުން ބުނީ، ވައި ޖެހޭނެ ގޮތަށް ބަލާލާއިރު އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭއިރު އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް