ޓައިމްސް މެގަޒިންގެ ދުނިޔޭގެ އެންމެ ވަރުގަދަ މަންޒިލްތަކުގެ ލިސްޓްގައި ރާއްޖެ

ދުނިޔޭގެ އެންމެ ވަރުގަދަ މަންޒިލްތަކުގެ ލިސްޓްގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ. "ވޯލްޑް ގްރޭޓެސްޓް ޕްލޭސަސް"ގެ ނަމުގައި ކޮންމެ އަހަރަކު އެމެރިކާގެ ޓައިމްސް މެގަޒިންއިން ނެރެމުން އަންނަ މި ލިސްޓްގައި މ...

24 Jul 2021 | 07:14

ދުނިޔޭގެ އެންމެ ވަރުގަދަ މަންޒިލްތަކުގެ ލިސްޓްގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

"ވޯލްޑް ގްރޭޓެސްޓް ޕްލޭސަސް"ގެ ނަމުގައި ކޮންމެ އަހަރަކު އެމެރިކާގެ ޓައިމްސް މެގަޒިންއިން ނެރެމުން އަންނަ މި ލިސްޓްގައި މި އަހަރު ވަނީ ޤައުމުތަކުގެ އިތުރުން، ސިޓީތަކާއި އަވަށްތަކާއި ސަރަހައްދުތައް ވެސް ހިމަނައިފައެވެ.

ޓައިމްސްއިން ބުނެފައި ވަނީ މި ލިސްޓްގައި ހިމަނައިފައިވާ ހުރިހާ މަންޒިލަކީ ވެސް ކޮވިޑް-19 ހާލަތާ ގުޅިގެން ޓޫރިޒަމް ޚިދުމަތްތައް ދިނުމަށް އެހެން ގޮތްގޮތް ހޯދައި ތަފާތު ޚިދުމަތްތައް ދީފައިވާ ޤައުމުތައް ކަމަށެވެ.

ރާއްޖެއާ ބެހޭ ގޮތުން މި މެގަޒިންގައިބުނެފައި ވަނީ ރާއްޖެއަކީ، ވެކްސިން ފުރިހަމަ ކުރި ފަތުރުވެރިންނަށް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ދަތުރު ކުރުމުގެ ފުރުސަތު ހުޅުވައިލި ޤައުމުގެ ގޮތުގައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ފުރިހަމަ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމައިފައިވާ ނިންމުމަށް ވެސް ޓައިމްސްއިން ވަނީ މަރުޙަބާ ކިޔައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ދާދި ފަހުން ހުޅުވި ފަރި އައިލެންޑްސްއާއި ވެލާ ޕްރައިވެޓް އައިލެންޑުގެ ވާހަކަ ހިމަނައިފައިވެއެވެ. ހަމަ އެހެންމެ އަންނަ އަހަރު ރާއްޖޭގައި ތަރައްގީކުރަން ފަށާ ފްލޯޓިން ސިޓީގެ ވާހަކަ ވެސް އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް